ވޭތުވެ ދިޔަ 2008ވަނައަހަރުން 2009ވަނައަހަރަށް ކިތަށް މައްސަލަ ހުށައެޅިފައިވޭތޯ؟ އެންމެ ގިނައަދަދަކަށް ހުށައެޅިފައިވަނީ ކޮންބާވަތެއްގެ މައްސަލައެއްތޯ އާންމު ގޮތެއްގައި މިމައްސަލަތަކުގައި ޝާމިލުވެފައިވަނީ ކޮންކޮން އުމުރެއްގެ މީހުންނެއްތޯ؟ އެހެން އަހަރުތަކާބަލާފަ މަސްތުވާތަކެތީގެ މައްސަލަ އިތުރުވެފައިވޭތޯ؟ މީގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ ތިޔަ ފަރާތުން ކިހާމަސައްކަތްތަކެއް ކޮށްފައިވާނެތޯ؟ ތިޔަ ބޭފުޅުންގެ މިމަސައްކަތްތަކަށް އާންމުންގެ ކިހާ ތަރުހީބެއްލިބޭތޯ؟އަދި މިމަސައްކަތްތަސް ކުރުމުގައި ކޮންކޮންބައެއްގެ އެހީތެރިކަމަކާއި އެއްބާރުލުމެއްތޯލިބެނީ؟ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް މަދުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްޓަކައި މިހާރު ކޮންކޮން މަސައްކަތްތަކެއްތޯކުރެވެނީ؟
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުށުގެ ރެކޯރޑްސް ސިސްޓަމް ބަލަހައްޓަން ފެށިފަހުން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު މީޑިޔާއަށް ހާމަކޮށްފިއެވެ .މިއަދު މެންދުރު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބިއުރޯ އޮފް ކްރިމިނަލް ރެކޯރޑްސް ގެ ހެޑް ،ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫނުސް ޞޮބާޙް ވިދާވީ 1992އިން ފެށިގެން ފުލުހުން ކުށުގެ ރެކޯރޑްސް ބަލަހައްޓަން ފެށިފަހުން 2008ވަނަ އަހަރުގެ ނިޔަލަށް ( 125074އެއްލައްކަ ފަންސަވީސްހާސް ހަތްދިހަ ހަތަރު ) މައްސަލަ ރެކޯރޑް ކުރެވިފައިވާކަމަށެވެ .އެގޮތުން 1992ވަނަ އަހަރު 3843މައްސަލަ ރެކޯރޑް ކުރެވިފައިވާއިރު 2008ވަނަ އަހަރާއި ހަމަށް މިއަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. 2008ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 17757މައްސަލަ ވަނީ ރެކޯރޑް ކުރެވިފައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2008ވަނަ އަހަރު އެހެނިހެން އަހަރުތަކުގެ މައްސަލަތަކާއިއެކު ްޕރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު މައްސަލަތަކުގެ އަދަދު 3547 އަރާއިރު 2008ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުނު ހަމައެކަނި 2008ވަނަ އަހަރުގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 2764މައްސަލައެވެ .އަދި 2008ވަނަ އަހަރު ހުކުމް ކުރެވުނު އެހެން އަހަރުތަކުގެ މައްސަލަ ތަކާއިއެކު 605މައްސަލަ ހުކްމްކުރެވިފައިވާއިރު ހަމައެކަނި 2008ވަނަ އަހަރު ހުކުމްކުރެވުނު މައްސަލަތަކުގެ ޖުމްލަ އަދަދަކީ 187މައްސަލަ އެވެ. މީގެއިތުރުން 2009އަހަރުގެ މިހާތަނަށް ހައްޔަރުކުރެވުނު މީހުންގެ އެވްރެޖް ޢުމުރަކީ 27 އަހަރުކަމަށްވާއިރު މިއަހަރު ހައްޔަރު ކުރެވުނު މީހުންގެ އެވްރެޖް ކުރީގެ ރެކޯޑްގެ އަދަދަކީ 5ކަމަށާއި، އެހެންނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް ގައިވާ ކުށުގެ ރެކޯރޑްސްތަކަށް ބަލާއިރު 5ރެކޯޑަށްވުރެ ގިނަ 10، 34%ރެކޯޑަށްވުރެ ގިނަ 15 ، 13%ރެކޯޑަށްވުރެ ގިނަ ، 5%ވާއިރު 20 ރެކޯޑަށްވުރެ ގިނަ 1%މީހުން ވާކަމަށް ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޔޫނުސް ޞޮބާހް ވިދާޅުވިއެވެ.
އަދި އައްޑު އަތޮޅު ފިޔަވައި މިއަހަރު އެންމެ ގިނަ ކުށް ހިނގާފައިވާ އަތޮޅަކީ ރ.އަތޮޅުކަމަށާއި ،އެއަތޮޅުން 14%މައްސަލަ ހުށަހެޅިފައިވާ ކަމަށާއި ،އަދި މިއަހަރު އައްޑު އަތޮޅުގައި ހިނގި ކުށުގެ ޢަދަދަށް ބަލާއިރު 172މައްސަލަ ހުށަހެޅިފައިވާކަމަށްވެސް ވިދާޅުވިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބިއުރޯ އޮފް ކުރިމިނަލް ރެކޯރޑްސް އިން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ވިލީ ފުލުސްތަކަށް 637މައްސަލަ ހުށަހެޅިފައިވާއިރު މިއަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 566މައްސަލައެވެ .އަދި މިއަހަރުގެ ފެބުރުއަރީ 1ން ފެށިގެން 9ގެ ނިޔަލަށް ވިލީ ފުލުސްތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދަކީ 233އެވެ.