23 November 2008

  • May 2020
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View 23 November 2008 as PDF for free.

More details

  • Words: 267
  • Pages: 1
‫ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު އަވަހާރަވުމާ ގުޅިގެން‪ ،‬ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޚަބަރުފަތުރާ ވަސީލަތްތަކާ‬ ‫ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ‪ 23 -‬ނޮވެމްބަރ ‪2008‬‬

‫ﺑﺴــﻢ اﻟﻠّـﮫ اﻟﺮّﺣﻤـﻦ اﻟﺮّﺣﯿــﻢ‬ ‫اﻟﺴّـﻼم ﻋﻠﯿـﻜﻢ‬ ‫މިއަދަކީ‪ ،‬އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚުގައި ހަމަކަށަވަރުންވެސް ފަވާލެވޭނެ ދުވަހެއް‪ .‬ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު‬ ‫ރަންނަބަނޑޭރި ކިލެގެފާނު މިރާއްޖޭގައި ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވުމަށްފަހު ވެރިކަން‬ ‫ދޫކުރައްވައި އެބޭފުޅާ ވަޑައިގެންނެވި ގޮތާއި‪ ،‬އަދި މިދިޔަ ދިގު ‪ 30‬އަހަރު އެބޭފުޅާއަށް ކަންތައްތައް ދިމާވެފައިވާ ހިތާމަވެރި ގޮތާއި‪،‬‬ ‫އެބޭފުޅާގެ ޢާއިލާއާއި އަނބިދަރިން ވިއްސިވިހާލިވެ ގޮސް‪ ،‬އަމިއްލަފުޅު ޙަޔާތް ހިތާމަވެރި ހިތި ގޮތުގައި މިދިޔަ ދިގު ދުވަސްވަރު‬ ‫ހޭދަކުރައްވަންޖެހިފައިވާކަމީ‪ ،‬އަޅުގަނޑުމެންގެ ޤައުމީ ޙަޔާތުގައި ހަމަކަށަވަރުންވެސް ޖެހިފައިވާ ވަރަށްބޮޑު ލައްގަނޑެއް‪.‬‬ ‫އަޅުގަނޑުމެންނަށް ހެޔޮ ވެރިކަން ކުރުމަށް ލިބޭ ފުރުސަތުތަކުގައި ފިތުނަޔާއި ނަފްރަތާއި ހަސަދައިގެ ބުރަހެލިކަމުގައި ބަދަލުހިފުމުގެ‬ ‫އެއްވެސް ރޫޙެއްގައި އަޅުގަނޑުމެން ކަންކަން ކުރަނީނަމަ‪ ،‬އަޅުގަނޑުމެންގެ ރާއްޖެއަށް އަޅުގަނޑުމެން މިއުންމީދުކުރާ އުފާވެރި‬ ‫ދިރިއުޅުން އަދި ޑިމޮކްރަސީގެ ރިވެތި ނަމޫނާއާއި މިސާލުތައް ލިބިގަތުމަށް އުނދަގޫވާނެ‪.‬‬ ‫ކިތަންމެ ގޮތަކުން ދެކޭއިރު‪ ،‬މިއަދަކީ ދިވެހިރާއްޖޭގެ ޤަދީމީ ވެރިކަމުގެ ފާޑު ނިމިދާ ދުވަސް‪ .‬ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު‬ ‫ރަންނަބަނޑޭރި ކިލެގެފާނަކީ މިރާއްޖޭގެ އެންމެފަހުގެ ކިލެގެއޭ ދެންނެވިދާނެ‪.‬‬ ‫އަޅުގަނޑުމެންނަށް އެކިލެގެއާއެކު އިރާދަކުރެއްވިއްޔާ މިނިންމެނީ މިރާއްޖެއަށް އަޅުގަނޑުމެން މިއުންމީދުކުރާ އާވެރިކަމުގެ އުސޫލު‬ ‫ގެނައުމުގެ ކުރީގައި އޮތް ޒަމާންވީ ޤަދީމީ ދިވެހި ވެރިކަމުގެ ފާޑު‪.‬‬ ‫އިބްރާހީމް ނާޞިރުގެ ވެރިކަމުގައި އެބޭފުޅާ އަޅުގަނޑުމެންގެ ޤައުމަށް މި ދިވެހިރާއްޖެއަށް ނުހަނު ގިނަ ޚިދްމަތްތަކެއް ކޮށްދެއްވާފައި‬ ‫އެބަހުރި‪ .‬އަދި ހަމައެހެންމެ އެބޭފުޅާގެ ދިގު ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތަންމެ ބަޔަކަށް ނިކަމެތިކަމާ ހިތާމަޔާ‬ ‫ހިތްދަތިކަން ލިއްބައިދީފައިވޭ‪.‬‬ ‫އެހެންނަމަވެސް‪ ،‬ހެޔޮވެރިކަން ކުރުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުސަތުތަކުގައި އެފުރުސަތުގެ ބޭނުން ނުހިފައިފިނަމަ އެތައް ޒަމާނެއް‬ ‫ވަންދެން އޭގެ ހިތި ތަޖުރިބާ‪ ،‬މުޅި ރައްޔިތު އެކީ އެބަކުރަންޖެހޭ‪.‬‬ ‫‪ 1978‬ވަނަ އަހަރު އިބްރާހީމް ނާޞިރު ވެރިކަން ދޫކޮށްލެއްވިއިރު‪ ،‬ހެޔޮ ވެރިކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނު‪.‬‬ ‫އެފުރުސަތު އަޅުގަނޑުމެންނަށް ގެއްލި ދިޔައީ އަޅުގަނޑު ދަންނަވާނީ ހަސަދަވެރިކަމާއި ފިތުނަޔާއި ނަފްރަތުގެ ނުރަނގަޅު އާދަތައް‬ ‫އަޅުގަނޑުމެންނަށް ކުރިއަށް ނެރެވުނީތީ‪.‬‬ ‫އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން މިއަދު އަޅުގަނޑުމެންނަށް ލިބިފައިމިވާ ހެޔޮ ވެރިކަން ކުރުމުގެ‬ ‫ފުރުސަތުގެ ބޭނުންހިފައި އަޅުގަނޑުމެންނަށް އާއުންމީދަކާއެކު އެހެން ގޮތަކަށް އުޅެން ފެށުމުގެ ނިޔަތް ގަނެވި އެގޮތަށް އަޅުގަނޑުމެންގެ‬ ‫ދިރިއުޅުން ކުރިއަށް ގެންދެވޭނެކަމަށް‪ .‬ސުމުއްވުލްޢަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށް ސުވަރުގޭގެ ނިޢްމަތް‬ ‫ދެއްވުމަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން‪ .‬އަދި އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަމަށް އެދި ދުޢާ‬ ‫ދަންނަވަން‪.‬‬ ‫اﻟﺤﻤـﺪ ﻟِﻠّـﮫ ވަރަށްބޮޑަށް ޝުކުރިއްޔާ‪.‬‬

Related Documents

23 November 2008
May 2020 8
November 23, 2008
December 2019 12
Nudge | November 23, 2008
November 2019 6
November 23
June 2020 6
November 2008
May 2020 17