Swine Flu Edited

  • Uploaded by: Ali Hussain
  • 0
  • 0
  • April 2020
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View Swine Flu Edited as PDF for free.

More details

  • Words: 334
  • Pages: 2
‫‪Last Edited by: mohamedjameel, Saturday, May 2 2009 13:03‬‬

‫‪words:284,‬‬

‫‪Length:00:03:09‬‬

‫‪Page: 1‬‬

‫‪/‬‬ ‫ޕްރެޒެންޓަރ‪ :‬އެޝިއާގެ ދެ ގައުމަކުން އޫރު ރޯގާ ފެނިއްޖެ ‪.‬‬

‫ޗައިނާ އަދި ދެކުނު ކޮރެއާއިން އޫރު ރޯގާ ޖެހިފައިވާކަމަށް‬

‫ސާބިތުވެފައިވާ ދެމީހުންނަކީ‪ ،‬މެކްސިކޯއިން ދަތުރކޮށްފައި އެގައުމުތަކަށް އައި ދެމީހުން ކަމަށް ހަބަރުތައް ބުނޭ‪.‬‬ ‫އޭޝިއާއިން އޫރު ރޯގާ އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާ އިން ‪ .‬ޝެންހާއީ އެއަރލައިންގައި މެކްސިކޯއިން‬

‫ޗައިނާގެ‬

‫ޝެންހާއީއަށް އައި ދަތުރުވެރިއެއްގެ ގައިން އޫރު ރޯގާ ފެނުމާއި އެކު އެގައުމުން ވަނީ ޝެންހާއީ އާއި މެކްސިކޯއާއި ދެމެދުގެ ވައިގެ‬ ‫އުދުހުންތައް މެދުކަޑާލާފައި ‪ .‬އަދި އެގައުމުގެ ހެލް ްތ މިނިސްޓްރީ އިން މިހާރު ވަނީި އޫރު ރޯގާ ފެނިފައިވާ ދަތުރުވެރިޔާއާއި އެކު‬ ‫މެކްސިކާނާ ފްލައިޓުން ދަތުރުކުރި އެންމެހާ ފަސިންޖަރުންނާއި ކުރޫއިން ހަތް ދުވަސް ވަންދެން އެމިނިނސްޓްރީގެ ހާއްސަ‬ ‫ބެލުމުގެ ދަށަށް ގެނެސްފައި‪.‬‬ ‫ދެކުނު ކޮރެއާއިން އޫރު ރޯގާ ފެނިފައި ވަނީ މެކްސިކޯއިން ފުރާގެން އައި ފަންސާސް އެއް އަހަރުގެ އަންހެނެއްގެ ގައިން‪.‬‬

‫މިހާތަނަށް އައިއިރު ސާދަ ގައުމަކުން ހަތަރުހާހަށް ވުރެ ގިނަ މީހުންނަށް އޫރު ރޯގާ ޖެހިފައިވާ ކަމަށް ޚަބަރުތައްބުނޭ ‪ .‬މިކަމާއި‬ ‫ގުޅިގެން ޑަބްލިއު އެޗްއޯ އިންވަނީ މިދިޔަ ބުރާސްފަތި ދުވަހު އޫރު ރޯގާގެ ނުރައްކާތެރި ކަމުގެ މިންވަރ ލެވެލް ފަހަކަށް މައްޗަށް‬ ‫ޖައްސާފައި ‪ .‬ޑަބްލިއު އެޗްއޯ އިން އޫރު ރޯގާގެ ނުރައްކާތެރި ކަމުގެ މިންވަރ އަންގައިދޭ ދަރަޖަ މައްޗަށް ޖެއްސުން ދޭހަކޮށްދެނީ‬ ‫މިބަލިން ރައްކާތެރިވުމަށް އަވަސް ފިޔަވަޅުތަކެއް މިހިނދުން މިހިނަދަށް އަޅަން ޖެހިފައިވާ ކަން ‪ .‬މިހެންވިޔަސް މީހުން މާބޮޑަށް‬ ‫ބިރުގަނެގެން އުޅެން އަދި ނުޖެހޭކަމަށް އދގެ އޮފިޝަލަކު ވިދާޅުވި ‪ .‬ޖަނަވާރުގެ ސިއްހަތާއިބެހޭ އދގެ އިދާރާގެ ޑިރެކްޓަރ‬ ‫ވިދާޅުވީ އޫރު ރޯގާ އަދި އެހާ ނުރައްކާތެރި ފައްތަރަކަށްނުދާކަމަށް‪ .‬އދގެ މި އޮފިޝަލް މިހެން ވިދާޅުވިޔަސް ޔޫރަޕާއި އެމެރިކާގައި‬ ‫މިރޯގާގެ ބިރުވެރިކަން މީހުންގެތެރޭގައި ވަރަށް މައްޗަށް އުފެދެމުންދާކަމަށްވޭ‪.‬‬ ‫އޫރު ރޯގާ ޖެހުމަށް މެދުވެރިކުރުވާ ވައިރަހަކީ އޫރުގެ ހަށިގަނޑުގައި ގުދުރަތީގޮތުން ހުންނަ ވައިރަހެއް‪ .‬މި ވައިރަސް މިހާރު މިވަނީ‬ ‫އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ފަސޭހާއިން އަރާ ވައިރަހަ އަކަށް ބަދަލުވެފައި ކަމަށް ޑަބްލިއު އެޗް އޯ‬ ‫އިން ބުނޭ‪.‬‬ ‫ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދިޔަ ކަމުގައިވީ ނަމަވެސް އޫރު ރޯގާ އަކީ މަރު ބައްޔެއް ނޫންކަމަށާއި ގިނަ މީހުންނަށް މި‬ ‫ބަލި ޖެހި ‪ ،‬ބަލިން ފަސީހަވެފައިވާ ކަމަށް ޑަބްލިއު އެޗް އޯ އިން ބުނޭ ‪ .‬އަދި މާލަސްނުވަނީސް ފަރުވާ ދެއްވިއްޖެ ނަމަ‬ ‫‪mohamedjameel‬‬

‫‪User:‬‬

‫‪swine flu‬‬

‫‪News And Current Affairs Department, DRA‬‬

‫‪Last Edited by: mohamedjameel, Saturday, May 2 2009 13:03‬‬

‫‪words:284,‬‬

‫‪Length:00:03:09‬‬

‫‪Page: 2‬‬

‫ރަގަޅުވެދާނެކަމަށާއި އެއްވެސް ބޭސް ފަރުވާ އެއް ނުކޮށްވެސް މިބަލިން ފަސޭހަ ވެފައިވާ މީހުން އެބަތިބި ކަމަށް ޑަބްލިއު އެޗް އޯ‬ ‫އިން ބުނޭ‪ .‬އޫރު ރޯގާގެ އަލާމާތްތަކުގެ ތެރޭގައ ހިމެނެނީ ހުން ފާޑުވުމާއި‪ ،‬ގާއިގާ ރިއްސުން‪ ،‬ކެއްސުން‪ ،‬އަދި ވަރު ދެރަވުން ފަދަ‬ ‫އެހެނިހެން އާދައިގެ ބަލިތަކާއިވެސް އެއްގޮތް އަލާމާތްތަކެއް‪.‬‬

‫‪mohamedjameel‬‬

‫‪User:‬‬

‫‪swine flu‬‬

‫‪News And Current Affairs Department, DRA‬‬

Related Documents

Swine Flu Edited
April 2020 3
Swine Flu
April 2020 46
Swine Flu
May 2020 35
Swine Flu
May 2020 36
Swine Flu
May 2020 34
Swine Flu
May 2020 33

More Documents from ""

April 2020 4
105052972.pdf
October 2019 4
Swine Flu Edited
April 2020 3
Signal Words.docx
April 2020 11
April 2020 7