Isbaal

  • May 2020
  • PDF

This document was uploaded by user and they confirmed that they have the permission to share it. If you are author or own the copyright of this book, please report to us by using this DMCA report form. Report DMCA


Overview

Download & View Isbaal as PDF for free.

More details

  • Words: 2,359
  • Pages: 8
‫އިސްބާލް ކުރުމުގެ (ތަނބިކައްޓައްވުރެ ތިރިއަށް ހެދުން ބެހެއްޓުމުގެ) ޙުކުމް‪.‬‬ ‫احلمد هلل رب العاملني‪ .‬والصالة والسالم على رسول هلل و على آله وأصحابه أمجعني‪.‬‬ ‫اهلل سبحانه وتعاىل އަޙްޒާބު ސޫރަތުގައ ވަޙީ ކުރައްވާފައިވެއެވެ‪.‬‬

‫ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥ‬ ‫ﭦﭧﭨﭩﭪ‬ ‫األحصاب ‪36‬‬

‫“ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް އަމުރުކުރައްވައިފިނަމަ‪ ،‬އެއްވެސް މުއުމިނު ފިރިހެނަކަށް އަދި‬ ‫އަންހެނަކަށްވެސް އެކަމެއް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ލިބިގެން ނުވެއެވެ‪( .‬އެބަހީ އެކަމަކަށް ފުރިހަމައަށް‬ ‫ބޯލަނބައި ކިޔަމަންތެރިވާން ޖެހޭނެއެވެ)‪ .‬އަދި ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނައެވެ‪ .‬ފަހެ‬ ‫އޭނާ ބަޔާންވެގެންވާ ބޮޑު މަގުފުރެދުމަކުން މަގުފުރެދި ހިނގައްޖެއެވެ‪” .‬‬ ‫އިސްބާލް ކުރުމަކީ އިސްލާމްދީނުގައި އިންސާނާގެ ދުނިޔެވީ ޙަޔާތުގައިވާ އެންމެހައި ކަންތައްތަކެކޭ އެއްފަދައިން‬ ‫ވަކި ޙުކުމްތަކަކާއި ޙައްދުތަކެއް ކަނޑައެޅިފައިވާ ކަމެކެވެ‪ .‬އިސްބާލް ކުރުމާ ބެހޭގޮތުން ހޯދާބަލާ މީހަކަށް އެންމެ‬ ‫އެކަށީގެންވާ ވަރަށް މާތް ނަބިއްޔާ ‪ ‬ވަނީ އިރުޝާދު ދެއްވާފައެވެ‪ .‬އެކަލޭގެފާނު ‪ ‬ދެއްވާފައިވާ އިރުޝާދުތަކާއި‬ ‫މެދު ވިސްނާ ފިކުރުހިންގާ އެއްވެސް މީހަކަށް އެކަމުގެ ނުރައްކާތެރިކަމާއިމެދު އެއްވެސް ޝައްކެއް އެމީހެއްގެ‬ ‫ހިތުގައި އޮތުމަށް ޖާގައެއް ނުވާވަރަށެވެ‪ .‬ކޮންމެއަކަސް އިސްބާލް ކުރުމަކީ މިހާރަކަށް އައިސް އިސްލާމްދީނަށް‬ ‫އުޅެން ބޭނުންވާ މީހުންނާއި އިސްލާމުންނޭ ކިޔައިގެން ދަޢުޥާކުރާ މީހުންގެ މެދުގައި ވަރަށް ބޮޑަކަށް އަރާރުންވެވޭ‬ ‫މަޥްޟޫޢެކެވެ‪ .‬ބައެއް ފަހަރަށް މިކަމުގައި އެއްބަޔަކު އަނެއްބަޔަކަށް މަލާމާތްކޮށް ފުރައްސާރަކުރާ ހިސާބަށްވެސް‬ ‫ދެއެވެ‪ .‬އަދި އަނެއްބައި ފަހަރަށް މިކަމުގައި ދެބައިމީހުން ބައިއެޅި ވަކިބައެއްގެ ގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް‬ ‫ޤަބޫލުކުރެވި‪ ،‬އިސްލާމީ ޢަޚްވަންތަކަން ކަނޑައި އެއްބަނޑުއެއްބަފާކަމުގެ ގުޅުން ކަނޑާ ހިސާބައްވެސް ދެއެވެ‪.‬‬ ‫އަދި މީގެ އެންމެ ހިތާމަވެރި ކަމަކީ ދީނުގެ ޢިލްމް ޙާޞިލް ކުރާ ކުދީންގެ ތެރެއިން އެތައް ކުދީންނެއް‪ ،‬މިކަމުގެ‬ ‫ނުރައްކައުތެރިކަމާއި ބެހޭގޮތުން އެތަކެއް ޙަދީޘްފުޅުތަކެއް ވާރިދުވެފައިވަނިކޮށްވެސް މިމައްސަލައާއިމެދު ފަރުވާކުޑަ‬ ‫ކުރާކަމެވެ‪ .‬އެހެންކަމުން މިކަމުގެ ޙަޤީޤަތް‬ ‫ޤަޞްދުކޮށް‬

‫‪ ،‬އަޅުގަނޑުގެ ޤާބިލިއްޔަތު ހުރި މިންވަރަކުން ބަޔާންކޮށްދެވޭތޯ‬

‫ގެ ވާގިފުޅާއިއެކު ފަށައިގަންނަމެވެ‪.‬‬

‫‪ .1‬އިސްބާލު ކުރުމަކީ ކޮބައި ހެއްޔެވެ؟‬ ‫އިސްބާލް ކުރުމުގެ މާނައަކީ ‪ ،‬ލައިގެން ހުންނަ ހެދުން ‪ ،‬ފަޓުލޫނު‪ ،‬ސޯޓު‪ ،‬ޖުއްބާ‪ ،‬އަންނައެތި ނުވަތަ މިނޫންވެސް‬ ‫އިންސާނާގެ ހަށިގަނޑު ނިވާކުރަން ބޭނުންކުރެވޭ ނުވަތަ ފޭރާމެއްގެ ގޮތުގައި ބޭނުންކުރެވޭ ކޮންމެ އެއްޗެއް‬ ‫ތަނބިކަށްޓަށް ވުރެ ތިރިއަށް ދޫކޮށްލާފައި ބެހެއްޓުމެވެ‪ .‬އިސްބާލު ކުރުމަކީ ކޮބައިކަމާއި މީހުން އިސްބާލުކޮށް އުޅެނީ‬ ‫ކޮންކޮން އެއްޗެއްސަކުން ކަމުގައި ބަޔާންކުރައްވައި ރަސޫލު ﷲ ‪ ‬ޙަދީޘް ކުރައްވަނީ‪:‬‬

‫“اإلضباٍ يف اإلشاز ‪ٚ‬ايكُ‪ٝ‬ص ‪ٚ‬ايعُاَ‪ َٔ ، ١‬جس َٓٗا غ‪ٝ‬ئاً خ‪ٝ‬الء ال ‪ٜٓ‬ظس اهلل إي‪ ّٜٛ ٘ٝ‬ايك‪ٝ‬اَ‪” ١‬‬

‫‪1‬‬

‫މާނަ‪“ -:‬އިސްބާލު ކޮށްއުޅެނީ ‪ ،‬އިޒާރުންނާއި (ތިރި ނިވާކުރުމަށްޓަކައި އަންނަ ނުވަތަ ލާ އެތި) ގަމީހުންނާއި‬ ‫ފަގުޑިންއެވެ‪ .‬ބޮޑާކަމާއެކު މިއިން އެއްޗެއް (އިސްބާލްކޮށް) ބިންމަތީގައި ދަމާފައި ދާމީހާއަށް ޤިޔާމަތް ދުވަހުން މާތް‬ ‫ﷲ ބައްލަވާވޮޑިނުގަންނަވާނެއެވެ‪”.‬‬

‫‪ .2‬އިސްބާލު ކުރުމަކީ ޙަރާމްކަމެއްކަމަށް ވާރިދުވެފައިވާ ޙަދީޘްފުޅުތައް‪.‬‬ ‫ކޮންމެއަކަސް މިކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ބަޔާންކޮށްދިނުމަށްޓަކައި ރަސޫލު ﷲ‬

‫‪ ‬ވަރަށް ގިނަ‬

‫އިރުޝާދު ދެއްވާފައިވެއެވެ‪ .‬އޭގެ ތެރެއިން ބައެއް ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ‪.‬‬ ‫ރަސޫލު ﷲ ‪ ‬ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫‪2‬‬

‫‪َ“ .1‬ا أضفٌ َٔ ايهعبني َٔ اإلشاز فف‪ ٞ‬ايٓاز ”‬

‫މާނަ‪“ -:‬ފަހެ އިޒާރުން ދެތަނބިކައްޓަށްވުރެ ތިރިއަށް ގޮސްފައިވާ ބައި ވަނީ ނަރަކައިގައެވެ‪”.‬‬

‫‪ٚ .2‬عٔ ابٔ عباع عٔ ايٓيب صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ‪“ :‬إٕ اهلل عص ‪ٚ‬جٌ ال ‪ٜٓ‬ظس إىل َطبٌ اإلشاز ”‬ ‫މާނަ‪ -:‬އިބްނު ޢައްބާސް‬

‫‪ ‬ރަސޫލު ﷲ‬

‫‪3‬‬

‫‪ ‬ގެ އަރިހުން ރިޥާކުރެއްވިއެވެ‪ .‬އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ‪.‬‬ ‫ބައްލަވާ ވޮޑިނުގަންނަވާނެއެވެ‪”.‬‬

‫“ހަމަކަށަވަރުން އިޒާރު އިސްބާލް ކުރާ މީހާއަށް‬

‫‪“ .3‬ثالث‪ ١‬ال ‪ٜٓ‬ظس اهلل إي‪ ّٜٛ ِٗٝ‬ايك‪ٝ‬اَ‪ٚ ١‬ال ‪ٜ‬صن‪ٚ ِٗٝ‬هلِ عراب أي‪ : ِٝ‬املطبٌ ‪ٚ‬املٓإ ‪ٚ‬املٓفّل ضًعت٘ باحلًف ايهاذب ”‬

‫‪4‬‬

‫މާނަ‪“ -:‬ޤިޔާމަތް ދުވަހުން މާތް ﷲ ބަސް ވަޙީ ނުކުރައްވާނޭ ތިން މީހެއްވެއެވެ‪ .‬އަދި އެކަލާނގެ އެމީހުންގެ‬ ‫ފާފަތަކުގެ ކިބައިން އެމީހުން ޠާހިރު ނުކުރައްވާނެތެވެ‪ .‬އަދި އެބައިމީހުންނަށް ގަދަފަދަ ޢަޛާބުވެއެވެ‪ .‬އެމީހުންނީ‪:‬‬ ‫އިސްބާލް ކުރާ މީހާއާއި ކަލަގޮވާ މީހާއާއި ވިޔަފާރީގައި ދޮގު ހުވާކޮށްގެން އެއްޗެތި ވިއްކާ މީހާއެވެ‪” .‬‬

‫‪ .4‬زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ‪ٚ“ :‬ال حَلَ يًِْهَعْبَنيِ يف اإلِشَازِ ”‬ ‫މާނަ‪ -:‬ރަސޫލު ﷲ‬

‫‪ ‬ޙަދީޘް ކުރެއްވިއެވެ‪:‬‬

‫‪5‬‬

‫“ދެތަނބިކައްޓަށްވުރެ ތިރިއަށް އިޒާރު ބެހެއްޓުމުގެ އެއްވެސް‬

‫ޙައްޤެއް ނުވެއެވެ‪( ” .‬އެބަހީ އިޒާރު ދެތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން އެއްގޮތަކަށްވެސް ހުއްދަވެގެން‬ ‫ނުވެއެވެ‪).‬‬

‫‪1‬‬

‫ز‪ٚ‬ا‪ ٙ‬أب‪ ٛ‬دا‪ٚ‬د زقِ ‪ٚ 4085‬ايٓطائ‪ ٞ‬زقِ ‪ 5334‬بإضٓاد صخ‪ٝ‬ح‬

‫‪ 2‬ايبداز‪ ٟ‬زقِ ‪5787‬‬ ‫‪3‬‬

‫ز‪ٚ‬ا‪ ٙ‬ايٓطائ‪ ٞ‬يف اجملتب‪ ) 5332( ٢‬نتاب ايص‪ : ١ٜٓ‬باب ‪ :‬إضباٍ اإلشاز‬

‫‪ 4‬ز‪ٚ‬ا‪َ ٙ‬طًِ زقِ ‪106‬‬ ‫‪ 5‬ز‪ٚ‬ا‪ ٙ‬ايٓطائ‪ ٞ‬يف نتاب ايص‪ ١ٜٓ‬زقِ (‪ٚ ) 3529‬صخخ٘ األيباْ‪ ٞ‬يف صخ‪ٝ‬ح ضٓٔ ايٓطائ‪ ٞ‬زقِ (‪) 4922‬‬

‫‪ .5‬عٔ أب‪ٖ ٞ‬س‪ٜ‬س‪ ٠‬زض‪ ٞ‬اهلل عٓ٘ إّٔ زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ‪“ :‬ب‪ُٓٝ‬ا زجٌ ‪ٜ‬تبدرت ميػ‪ ٞ‬يف بسد‪ ٜ٘‬قد أعجبت٘ ْفط٘ فدطف‬ ‫اهلل ب٘ األزض فٗ‪ٜ ٛ‬تجًجٌ ف‪ٗٝ‬ا إىل ‪ ّٜٛ‬ايك‪ٝ‬اَ‪” ١‬‬

‫‪6‬‬

‫މާނަ‪ -:‬އަބޫ ހުރައިރާ ‪ ‬ގެ އަރިހުން ރިޥާވެގެންވެއެވެ‪ .‬ރަސޫލު ﷲ ‪ ‬ޙަދީޘްކުރެއްވިއެވެ‪“ .‬އެއްފަހަރަކު މީހެއް‬ ‫އޭނާގެ އަމިއްލަ ނަފްސާއި އޭނާގެ ފޭރާމާއި މެދުގައި ބޮޑާވެ ކިބުރުވެރިވެގެންވާ ޙާލު ބިންމަތީގައި ހިނގަމުން‬ ‫ދަނިކޮށް މާތް ﷲ އެމީހާ ބިމުގެ އަޑިއަށް ގަންބަވާލެއްވިއެވެ‪ .‬އަދި ޤިޔާމަތް ދުވަހާ ޖެހެންދެން އޭނާ ގެނބިގެނބި‬ ‫ހުންނާނެއެވެ‪”.‬‬

‫‪ .6‬ال ‪ٜٓ‬ظس اهلل إىل َٔ جس إشاز‪ ٙ‬بطساً‬

‫‪7‬‬

‫މާނަ‪“ -:‬ބޮޑާކަމާއެކީ އެމީހެއްގެ އިޒާރު ބިންމަތީގައި ދަމަމުން ހިނގާ މީހާއަށް މާތް ﷲ ޤިޔާމަތް ދުވަހުން‬ ‫ބައްލަވާވޮޑިނުގަންނަވާނެއެވެ‪”.‬‬ ‫ކަންމިހެން ހުރިކަމުގައި ވިޔަސް އަޅުގަނޑުމެންގެ މުޖުތަމަޢުގައާއި އަދި ދުނިޔޭގައިވާ އެހެނިހެން މުސްލިމް‬ ‫މުޖުތަމަޢުތަކުގައި ކަންތައްތައް ހުރީ މިޙަދީޘްތައް އަޑު އިވުމަށްފަހު މުސްލިމަކު ޢަމަލު ކުރާނޭގޮތާއި މުޅިން‬ ‫އިދިކޮޅަށެވެ‪ .‬އެބައިމީހުންގެ އިޒާރުތައް ވަނީ އިސްބާލް ކުރެވިފައެވެ‪ .‬ދޫކޮށްލެވިފައެވެ‪ .‬މިކަމުގެ އެންމެ ބޮޑު‬ ‫އެއްސަބަބަކީ ޖާހިލުކަމެވެ‪ .‬އޭގެން މީހެއްގެ ގާތުގައި "އިސްބާލް" މި ލަފްޛަކީ ދުވަހަކުވެސް އަޑުނީވޭ ލަފްޛެކެވެ‪.‬‬ ‫‪.‬‬

‫‪ .3‬އިސްބާލު ކުރުމާއި ބޮޑާވެރިކަމާއި ހުރި ގުޅުން‬ ‫އިސްބާލް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ‪ .‬އެއީ މާތް ﷲ‬

‫‪ ،‬އެއިލާހުގެ ޛާތުފުޅަށް ޚާއްޞަ ކޮށްފައިވާ‬

‫ސިފަފުޅުތަކުން ސިފައެއް ކަމަށްވާ ބޮޑާކަމާއި ކިބުރުވެރިކަމާއި ވާދަކުރުމަށް ނުވަތަ ތިމާއަށްވެސް އެސިފަ‬ ‫ޙައްޤުވާކަމަށް ޢަމަލީ ގޮތުން ކުރެވޭ ދަޢުވާއެކެވެ‪ .‬އެހެނީ އެއްވެސް މީހަކު ތިމަންނާ އިސްބާލް ކުރަނީ‬ ‫ބޮޑާކަމާއިގެން ކަމުގައި ނުބުނާނެއެވެ‪ .‬އެކަން ވާނީ ހިތުގައި ފޮރުވިފައެވެ‪ .‬ގިނަ ފަހަރަށް އެމީހާގެ އަމިއްލަ‬ ‫ނަފްސަށްވެސް އެކަން އިޙްސާސް ނުކުރެވޭނެއެވެ‪ .‬ރަސޫލު ﷲ ‪ ‬ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬

‫قاٍ زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ اهلل تعاىل‪“ :‬ايعص إشاز‪ٚ ٙ‬ايهرب‪ٜ‬اء زداؤ‪ ٙ‬فُٔ ‪ٜٓ‬اشعين عربت٘ ”‬ ‫އަބޫ ސަޢީދް އަލްޚުދްރީ އާއި އަބޫ ހުރައިރާއާއި ދެބޭކަލުން ރަސޫލު ﷲ‬ ‫ޤުދުސިއްޔަ ޙަދީޘެއްގައި ވެއެވެ‪ .‬ރަސޫލު ﷲ‬

‫‪8‬‬

‫‪ ‬ގެ ކިބައިން ރިވާކުރައްވާފައިވާ‬

‫‪ ‬ޙަދީޘް ކުރެއްވިއެވެ‪ .‬ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ‪.‬‬

‫“ޢިއްޒަތްތެރިކަން ވަނީ އެއިލާހުގެ އިޒާރު ކޮޅުގައެވެ‪ .‬އަދި ކިބްރިޔާވަންތަވެރިކަންވަނީ އެއިލާހުގެ ރިދާކޮޅުގައެވެ‪.‬‬ ‫ފަހެ އެކަންކަމުގައި ތިމަން ﷲ އާއި ވާދަކުރުމަށް އުޅޭ މީހުންނަށް ތިމަން ﷲ ޢަޛާބު ދެއްވަވާ ހުށީމެވެ‪” .‬‬

‫‪6‬‬

‫ز‪ٚ‬ا‪َ ٙ‬طًِ ‪2088‬‬

‫‪ 7‬ايبداز‪ ٟ‬زقِ ‪َٚ ، 5788‬طًِ زقِ ‪2087‬‬ ‫‪ 8‬ز‪ٚ‬ا‪َ ٙ‬طًِ ( ‪) 2620‬‬

‫އެންމެ ފުރަތަމަ ބޮޑާވެރިކަމަކީ ކޮބައިތޯ ބަލާލާއިރު‪ ،‬އެއީ ޙައްޤުގޮތް އެނގުމަށްފަހު އެއަށް އިންކާރު ކުރުމާއި‬ ‫މީސްތަކުންނަކީ ތިމާއަށްވުރެ ދަށްމީހެއް ކަމަށް ދެކުމެވެ‪ .‬ރަސޫލު ﷲ ‪ ‬ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬ ‫‪9‬‬

‫“ايهرب بطس احلل ‪ٚ‬غُط ايٓاع”‬

‫“ކިބުރުވެރިކަމަކީ ޙައްޤަށް އިންކާރު ކުރުމާއި މީސްތަކުންނަކީ ތިމާއަށްވުރެ ދަށް ނުވަތަ ދެރަ މީހުން ކަމުގައި‬ ‫ދެކުމެވެ‪”.‬‬ ‫އިސްބާލުކުރުން ހުއްދަކުރާ މީހުން އެދައްކާ ޢުޛުރުކަމުގައިވާ‪،‬‬

‫‘ތިމަންނާ ފައިކުރި ތިރިކުރަނީ ކިބުރުވެރިކަމަކުން‬ ‫‪ ‬ވެސް‬

‫ނޫނޭ ބުނާ ބުނުން ’ އޭގެ ޒާތުގައިވެސް އެބަ ކިބުރުވެރިކަން ފާޅުކުރެއެވެ‪ .‬މިކަން ޚުދު ރަސޫލު ﷲ‬ ‫ބަޔާންކޮށްދެއްވާފައިވެއެވެ‪.‬‬

‫قاٍ جابس بٔ ضً‪ ِٝ‬قاٍ ي‪ ٞ‬زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ‪“ :‬إ‪ٜ‬اى ‪ٚ‬إضباٍ اإلشاز فإْٗا َٔ املد‪ٚ ١ًٝ‬إٕ اهلل ال حيب املد‪” ١ًٝ‬‬ ‫ޖާބިރް ބިން ސުލައިމް‬

‫‪ ‬ވިދާޅުވިއެވެ‪ .‬ރަސޫލުﷲ‬

‫‪ ‬ތިމަންކަލޭގެފާނަށް ދެންނެވިއެވެ‪.‬‬

‫‪10‬‬

‫“ތިބާގެ އިޒާރު‬

‫އިސްބާލު ކުރުމުން ދުރުހެލިވެގަންނާށެވެ‪ .‬ހަމަކަށަވަރުން އެއީ ދެއްކުންތެރިކަމުގެ (އެބަހީ ބޮޑާވެރިކަމުގެ) ތެރޭގައި‬ ‫ހިމެނޭ ކަމެކެވެ‪ .‬އަދި ﷲ ތަޢާލާ ދެއްކުންތެރިކަމަށް ލޯބިވެވޮޑިނުގަންނަވައެވެ‪”.‬‬

‫عٔ ابٔ عُس ‪ ‬زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ ‪ٚ“ :‬إ‪ٜ‬اى ‪ٚ‬جس اإلشاز؛ فإٕ جس اإلشاز َٔ املَدِ‪” ١ًٝ‬‬ ‫މާނަ‪ -:‬އިބްނު ޢުމަރު‬

‫‪ ‬ގެ އަރިހުން ރަސޫލު ﷲ‬

‫‪11‬‬

‫‪ ‬ޙަދީޘް ކުރެއްވިކަމަށް ރިޥާވެފައިވެއެވެ‪.‬‬

‫“އިޒާރު‬

‫ބިންމަތީގައި ދަމަމުން ހިނގުމާމެދު ރައްކާތެރިވާށެވެ‪ .‬ފަހެ ހަމަކަށަވަރުން އިޒާރު ބިންމަތީގައި ދަމަމުން‬ ‫ހިނގުންވަނީ ބޮޑާކަމުގެ ތެރެއިންނެވެ ‪”.‬‬ ‫މި ދެޙަދީޘުން އެނގޭގޮތުގައި އިސްބާލް ކުރުމަކީ ބޮޑާކަމާއި ދެއްކުންތެރިކަމުގެ ޢަމަލެކެވެ‪ .‬އެއީ މިދެސިފައަށް‬ ‫ބޭރުފުށުން ދަލީލްކޮށްދޭ ފިޢުލެކެވެ‪ .‬ތިމާއަށް އިސްބާލް ކުރުން އެހާ އާދައިގެ ކަމަކަށްވެފައިވާލެއް ބޮޑުކަމުން އެކަން‬ ‫އިޙްސާސް ނުކުރެވިދާނެއެވެ‪ .‬ނަމަވެސް ރަސޫލު ﷲ ‪ ‬ގެ ފަރާތުން އެކަން އެނގުމުން އެއްވެސް މުސްލިމަކަށް‬ ‫އެކަމާ އިންކާރު ކުރުމުގެ ފުރުޞަތެއް ނެތެވެ‪ .‬އިސްބާލު ކުރުމަކީ ބޮޑާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށާއި‬ ‫އަދި އެކަމުގެ ނުރައްކައުތެރިކަމާއި މެދު އެތަކެއް ޞައްޙަ ޙަދީޘެއް ވާރިދުވެފައިވަނިކޮށްވެސް އެކަމަށް އިންކާރުކުރާ‬ ‫މީހަކަށްވުރެ ވަކި ބޮޑާވެރިމީހަކީ ކޮބައިތޯއެވެ‪.‬‬ ‫ބޮޑާކަން ހިތުގައި ނުވާކަމަށް ދަޢުޥާ ކުރަމުން އިސްބާލް ކުރާ މީހެކޭ ‪ ،‬އަންހެނެއްގެ ވަނާތަކަށް ބަލައި ތިމާގެ ހިތުގައި‬ ‫އެއަންހެނާއާއިއެކު އެއްވެސް ފާޙިޝްކަމެއް ކުރުމުގެ އެދުންވެރިކަން ނެތޭ ބުނެ ދަޢުޥާ ކުރާ މީހެކޭ އެއްވެސް‬ ‫ތަފާތެއް ވޭހެއްޔެވެ ؟ ދެމީހުންވެސް ބުނަކީ “މިކަން މިކުރަނީ ފާފަވެރިވާކަށް ނޫނޭއެވެ ‪ ”.‬ނަމަވެސް މިއީ މާތް ﷲގެ‬ ‫ޙަޟްރަތުގައި އެއްގޮތަށްވެސް ޤަބޫލު ކުރެވޭނެ ޢުޛުރެއް ނޫނެވެ‪ .‬އެހެނީ މާތް ﷲ ވަނީ ފާފަ ކުރުން ޙަރާމް‬ ‫ކުރެއްވުމާއިއެކު ފާފައަށް އަރައިގަތުމަށްވާ އެންމެހާ މަގެއްވެސް ޙަރާމް ކުރައްވާފައެވެ‪.‬‬ ‫‪9‬‬

‫(أخسج٘ َطًِ ‪ٚ‬غري‪)ٙ‬‬

‫‪ 10‬صخخ٘ ايرتَر‪ ٟ‬زقِ‪2722 :‬‬ ‫‪" 11‬فتح ايباز‪. ) 264/ 10( "ٟ‬‬

‫އެހެންކަމުން މިހައި‬

‫ހިސާބުން މިމައްސަލާގައި އަރާފައިވާ ހުރިހައި އޮޅުންތަކެއް ފިލައި ސާފުވީއެވެ‪ .‬މިމައްސަލާގައި ވާރިދުވެފައިވާ‬ ‫ހުރިހައި ޙަދީޘްތަކެއް ޖަމާކުރުމަށްފަހު އަޅާކިޔާލުމުން އެނގެނީ މިމައްސަލަ ދެބަޔަކަށް ބެހޭކަމެވެ‪ .‬ފުރަތަމަ ބަޔަކީ‬ ‫ހަމައެކަނި އިސްބާލު ކުރުމެވެ‪ .‬ދެވަނަ ބަޔަކީ ދެއްކުންތެރިކަމާއި ބޮޑާވެރިކަމާއި އެކު ފައިކުރި ބިންމަތީގައި ދަމަމުން‬ ‫ދިޔުމެވެ‪ .‬މިދެބައިގައިވެސް ބޮޑާވެރިކަން ހިމެނޭކަމަށް ރަސޫލު ﷲ‬

‫‪ ‬އެވަނީ ބަޔާން ކުރައްވާފައެވެ‪ .‬އަދިހަމަ‬

‫އެގޮތަށް މިދެގޮތްވެސް އެވަނީ ނަހީ ކުރައްވާފައެވެ‪.‬‬

‫‪ .4‬ދެއްކުންތެރިކަމާއި ބޮޑާވެރިކަމާއިއެކު ބިންމަތީގައި އިޒާރު ދަމަމުންދާ މީހުންނަށް ހުރި ޢަޛާބު‪،‬‬ ‫އަދި އިސްބާލު ކުރާ މީހާއަށްވުރެވެސް ބޮޑުވެގެންވާ ވާހަކަ‬ ‫ކުރިން ބަޔާންކުރެވުނު ފަދައިން ބައެއް މީހުން ބުނާ ގޮތުގައި ފާފަ ލިބޭނީ ބޮޑާކަމުން އިސްބާލް ކުރާ މީހަކަށެވެ‪.‬‬ ‫ނަމަވެސް ތިރީގައި މިބަޔާންކުރާ ޙަދީޘުން އެއީ ރަނގަޅު މަފްހޫމެއް ނޫންކަން ޘާބިތުވެއެވެ‪.‬‬

‫حد‪ٜ‬ث أب‪ ٞ‬ضع‪ٝ‬د اخلدز‪ ٟ‬زض‪ ٞ‬اهلل عٓ٘ قاٍ زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ‪“ :‬إشز‪ ٠‬املطًِ إىل ْصف ايطام ‪ٚ‬ال حسج ‪ٚ‬ال جٓاح ف‪ُٝ‬ا ب‪٘ٓٝ‬‬ ‫‪ٚ‬بني ايهعبني ‪َٚ ،‬ا نإ أضفٌ َٔ ايهعبني فٗ‪ ٛ‬يف ايٓاز ‪ َٔٚ ،‬جسّ إشاز‪ ٙ‬بطساً مل ‪ٜٓ‬ظس اهلل إي‪” ٘ٝ‬‬ ‫މާނަ‪ -:‬އަބޫ ސަޢީދް އަލްޚުދްރީ‬

‫‪ ‬ވިދާޅުވިއެވެ‪ .‬ރަސޫލު ﷲ‬

‫‪12‬‬

‫‪ ‬ޙަދީޘްކުރެއްވިއެވެ‪“ :‬މުސްލިމެއްގެ އިޒާރު‬

‫ހުންނަންވާނީ ކުޑަކަޅުވާމަހުގެ މެދާހަމައަށެވެ‪ .‬އަދި ކުޑަކަޅުވާމަހާއި ތަނބިކައްޓާ ދެމެދުގައި ބެހެއްޓިކަމުގައިވިޔަސް‬ ‫އެއްވެސް މައްސަލައެއް ނުވަތަ ގޯހެއް ނެތެވެ‪ .‬ނަމަވެސް ތަނބިކަށިން ތިރީގައިވާ ބައި ވަނީ ނަރަކައިގައެވެ‪ .‬އަދި‬ ‫ބިންމަތީގައި އެމީހެއްގެ އިޒާރު ދަމަމުން ހިނގާ މީހާއަށް ޤިޔާމަތް ދުވަހުން މާތް ﷲ ބައްލަވާ‬ ‫ވޮޑިނުގަންނަވާނެއެވެ‪”.‬‬ ‫މިޙަދީޘުން ދެކަމަކަށް އިންޒާރު ދެއެވެ‪ .‬އެއީ ތަނބިކަށިން ތިރިއަށް އިޒާރު ދޫކޮށްލުމާއި ބޮޑާވެރިކަމާއިއެކު‬ ‫ބިންމަތީގައި އިޒާރު ދަމަމުންދިއުމެވެ‪ .‬މިޙަދީޘްގައި މިވަނީ‬ ‫ބޮޑާވެރިކަމާއިއެކު ބިންމަތީގައި އިޒާރު ދަމަމުންދިއުމާ‬

‫‪“ ،‬ތަނބިކަށިން ތިރިއަށް އިޒާރު ދޫކޮށްލުމާއި‬

‫” މިދެކަން ފަރަޤުކޮށްފައެވެ‪ .‬މިޙަދީޘުން ދަލީލުކޮށްދެނީ‬

‫ބޮޑާވެރިކަމާއި ނުލާ އިސްބާލު ކުރާ މީހާއަށް ނަރަކައިގެ ޢުޤޫބާތް ވާކަމާއި އަދި ބޮޑާވެރިކަމާއިއެކު އިސްބާލު ކުރާ‬ ‫މީހާއަށް މާތް ﷲ ބައްލަވާ ވޮޑިގެންވެސް ނުވާކަމެވެ‪ .‬އާދެ ބޮޑާވެރިކަމާއި އެކުގައިނަމަ ޢަޛާބު ބޮޑުވެގެންވާ ކަމެވެ‪.‬‬

‫‪ .5‬އަބޫބަކުރު ‪‬‬

‫ގެ ޙަދީޘްގެ މަފްހޫމް‪.‬‬

‫ކޮންމެއަކަސް ގިނަމީހުންނަށް މިމައްސަލާގައި ޖާހިލުކަމުގެ (ނޭނގުމުގެ) ޢުޛުރު އޮތަސް ‪ ،‬އެނގިތިބެ މިކަން ކުރާ‬ ‫މީހުންނާއި މިކަމުގެ ޙަޤީޤަތް ރަނގަޅަށް އެނގިތިބެ އެހެން މީހުންނަށް އޮޅުވާލާ މީހުންވެސް މަދެއްނޫނެވެ‪ .‬އަދި‬ ‫މީގެ ތެރޭގައި ގިނައީ އިސްބާލް ނުކުރުމަށް ގޮވާލާ އަދި އެހެން މީހުންނަށް މިކަމުގެ ޙަޤީޤަތް ބަޔާންކޮށްދީ‬ ‫މީސްތަކުން މިކަމަށް ހޭއަރުވަން އުޅޭ މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނެވެ‪ .‬އެމީހުންގެ ވާހަކައިގެ‬ ‫އެންމެ ޢާއްމުކޮށް އިސްބާލް ކުރުން ހުއްދަކުރަން ދައްކާ ޢުޛުރަކީ‪“ ،‬ބޮޑާކަމާއި ދެއްކުންތެރި ކަމާއި ނުލައި އިސްބާލް‬ ‫ކުރުމަކުން މައްސަލައެއް ނެތެވެ ‪ ”.‬އަދި އަބޫބަކުރު‬ ‫ނަގައެވެ‪.‬‬

‫‪ 12‬ز‪ٚ‬ا‪ ٙ‬أب‪ ٛ‬دا‪ٚ‬د زقِ ‪ 4093‬بإضٓاد صخ‪ٝ‬ح‬

‫‪ ‬އާއިމެދު އައިސްފައިވާ މިޙަދީޘް އެމީހުން ހުއްޖަތަކަށް‬

‫ايٓيب صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ‪ َٔ“ :‬جس ث‪ٛ‬ب٘ خ‪ٝ‬الء ال ‪ٜٓ‬ظس اهلل إي‪ ّٜٛ ٘ٝ‬ايك‪ٝ‬اَ‪ ” ١‬فكاٍ أب‪ ٛ‬بهس ‪ٜ“ :‬ا زض‪ ٍٛ‬اهلل! إشاز‪ٜ ٟ‬طرتخ‪ ٞ‬إال‬ ‫إٔ أتعاٖد‪ ”ٙ‬فكاٍ‪“ :‬إْو يطت ممٔ ‪ٜ‬فعً٘ خ‪ٝ‬الء ”‬

‫‪13‬‬

‫މާތް ނަބިއްޔާ ‪ ‬ޙަދީޘްކުރެއްވިއެވެ‪“ :‬އެމީހެއްގެ އިޒާރު ބޮޑާވެރިކަމާއިއެކީ ބިންމަތީގައި ދަމާފައިދާ މީހާއަށް މާތް‬ ‫ﷲ ޤިޔާމަތް ދުވަހުން ބައްލަވާވޮޑި ނުގަންނަވާނެއެވެ‬

‫” އެހިނދު އަބޫބަކުރު‬

‫‪ ‬ދެންނެވިއެވެ‪.‬‬

‫“އޭ ﷲގެ‬

‫ރަސޫލާއެވެ! ތިމަންގެ އިޒާރަށް ސަމާލުވެ ފަރުވާތެރި ނުވެވޭ ފަހަރު އިޒާރުގެ ސޮހިގެން ތިރިއަށް ފައިބައެވެ‬ ‫ރަސޫލާ‬

‫‪ ‬ޙަދީޘްކުރެއްވިއެވެ‪.‬‬

‫‪”.‬‬

‫“ބޮޑާވެރިކަމާއިއެކު އެކަންކުރާ މީހުންގެ ތެރެއިން ކަލޭގެފާނު‬

‫ވެވަޑައިނުގަންނަވައެވެ‪ ”.‬އަދި މިޙަދީޘްގެ އަނެއް ރިޥާޔަތުގައި އައިސްފައިވާ ގޮތުން އަބޫބަކުރު ‪ ‬އެކަލޭގެފާނުންގެ‬ ‫އިޒާރު އަލުން ތަނބިކަށްޓައްވުރެ މައްޗަށް ނަންގަވައި އެކަން ރަނގަޅު ކުރައްވައެވެ‪.‬‬ ‫މިދެ ރިޥާޔަތުން ވަރަށް ރަނގަޅަށް އެނގި ޘާބިތުވަނީ އަބޫބަކުރު ‪ ‬އަކީ ތަނބިކައްޓަށްވުރެ ތިރިއަށް އެކަލޭގެފާނު‬ ‫ތުރުކުރައްވާ އަންނައުނު ބަހައްޓަވާ ބޭކަލެއް ނޫންކަމެވެ‪ .‬އެކަލޭގެފާނަކީ ހަށިގަނޑު ހިކި ބޭފުޅަކަށްވާތީ އިޒާރަށް‬ ‫ސަމާލުނުވެވި ހުންނަ ބައެއްފަހަރު ތަނބިކައްޓަށްވުރެ ތިރިއަށް އިޒާރު ސޮހިގެން ފައިބަނީއެވެ‪ .‬އަދި ހިތުގައި‬ ‫ކިބުރުވެރިކަން ނުވާހާލުގައިވެސް އިސްބާލް ކުރެވިއްޖެނަމަ އެކަން އެނގުމުން އަވަހަށް އިޒާރު ރަނގަޅުކުރައްވައި‬ ‫އޭގެ މަޙައްލަށް ރުޖޫޢަ ކުރައްވާކަންވެސް ސާފުކޮށް އެނގެއެވެ‪.‬‬ ‫މާތް ﷲ އެއިލާހުގެ ރަޙްމަތުން އެމީހަކު ޠާހިރު ކުރެއްވި މީހެއް މެނުވީ ކޮންމެ މީހެއްގެ ހިތުގައި‬

‫‪ ،‬ކޮންމެވެސް‬

‫މިންވަރަކަށް ބޮޑާކަން ވާނެކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ‪ .‬އެހެންކަމުން ﷲގެ ނަބިއްޔާގެ ދޫފުޅުން އެބޭފުޅަކީ‬ ‫ކިބުރުވެރިކަމުން ސަލާމަތްވެގެންވާ ބޭފުޅެއްކަން ބަޔާންކުރައްވާފައިވާ ބޭކަލަކާއިމެދު ޙަދީޘް ކުރައްވާފައިވާ‬ ‫ބަސްފުޅެއް އަޅުގަނޑުމެން ކަހަލަ ނުކިޔަމަންތެރި އުރެދޭ ބަޔަކަށް ނިސްބަތްކުރެވޭނީ ކިހިނަކުންތޯއެވެ‬

‫؟ އަދި‬

‫ކިއެއްހެއްޔެވެ‪ .‬އެހެން ޞަޙާބިއްޔަ ބޭކަލުންގެ އެތަނުގައި ޙާޟިރުވެވަޑައިގެންވުމާއި އެކުވެސް އެކަލޭގެފާނު އެހެން‬ ‫ވިދާޅުވެފައިވަނީ އަބޫބަކުރުގެފާނަށް އެކަންޏެވެ‪ .‬މިޘާލަކަށް އެކަލޭގެފާނު ވިދާޅުވީ “ތިޔަބޭކަލުންނީ ބޮޑާވެރިކަމާއިއެކު‬ ‫އެކަން ކުރާ ބައެއްކަމުގައި ނުވެއެވެ‪ ”،‬މިހެން ވިދާޅުވިނަމަ އެގޮތަށް އެބުނާ މީހުންނަށް ކޮންމެވެސް ކަހަލަ ދަލީލެއް‬ ‫އޮތީހެވެ‪ .‬އެކަމަކުވެސް ވިދާޅުވެފައި އެއޮތީ ވަކި މީހަކަށް ޚާއްޞަ ކުރައްވާފައެވެ‪.‬‬

‫‪ .6‬އަންހެނުންނާއި ފިރިހެނުންގެވެސް ހެދުމުގެ ފަސްބައި ނުވަތަ ފައިކުރި ހުންނަންޖެހޭ ޙިސާބު‪.‬‬ ‫އިސްބާލް ކުރުމުގެ ނުރައްކާތެރިކަން ބަޔާންކުރެއްވުމާއިއެކީ އެކަލޭގެފާނު ވަނީ މުސްލިމް އަންހެނާއާއި ފިރިހެނާގެ‬ ‫ފޭރާން ނުވަތަ އިޒާރު ބަހައްޓަންޖެހޭ ހިސާބުވެސް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ‪.‬‬

‫‪ٚ‬عٔ حر‪ٜ‬ف‪ ١‬قاٍ ‪ :‬أخر زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ بعضً‪ ١‬ضاق‪ ٞ‬أ‪ ٚ‬ضاق٘ فكاٍ “ٖرا َ‪ٛ‬ضع اإلشاز فإٕ أب‪ٝ‬ت فأضفٌ فإٕ أب‪ٝ‬ت فال حل‬ ‫يإلشاز يف ايهعبني ”‬

‫‪14‬‬

‫މާނަ‪ -:‬ޚުޛައިފާ ‪ ‬ވިދާޅުވިއެވެ‪ .‬ރަސޫލު ﷲ ‪ ‬ތިމަންނާގެ ނުވަތަ އެކަލޭގެފާނުންގެ ކުޑަކަޅުވާ މަސްގަނޑުގައި‬ ‫ހިއްޕެވުމަށްފަހު ވިދާޅުވިއެވެ‪.‬‬

‫“އިޒާރު ހުންނަންޖެހޭ ހިސާބަކީ މިއީއެވެ‪ .‬ފަހެ ތިބާއަށް އެގޮތަށް ބެހެއްޓުން‬

‫‪( 13‬ز‪ٚ‬ا‪ ٙ‬ايبداز‪ ٟ‬زقِ ‪) 5784‬‬ ‫‪ 14‬ز‪ٚ‬ا‪ ٙ‬ايرتَر‪ٚ ٟ‬قاٍ ٖرا حد‪ٜ‬ث حطٔ صخ‪ٝ‬ح ضٓٔ ايرتَر‪ ٟ‬زقِ ‪1783‬‬

‫އުނދަގޫނަމަ އެއަށްވުރެ ތިރިއަށް ބެހެއްޓިދާނެއެވެ‪ .‬އެކަމަކު އިޒާރު ދެތަނބިކައްޓަށްވުރެ ތިރިއަށް ބެހެއްޓުން‬ ‫ޙައްޤުވެގެން ނުވެއެވެ‪”.‬‬

‫‪ٚ‬عٔ ابٔ عُس قاٍ َسزت عً‪ ٢‬زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ ‪ٚ‬يف إشاز‪ ٟ‬اضرتخاء فكاٍ “‪ٜ‬ا عبد اهلل ٱزفع إشازى” فسفعت٘ ثِ قاٍ‬ ‫“شد” فصدت فُا شيت أحتسّاٖا بعد‪ ،‬فكاٍ بعض ايك‪“ ّٛ‬إىل أ‪ٜٔ‬؟” فكاٍ “أْصاف ايطّاقني”‬

‫‪15‬‬

‫މާނަ‪ -:‬އިބްނު ޢުމަރު ‪ ‬ވިދާޅުވިއެވެ‪ .‬އެއްފަހަރަކު ރަސޫލު ﷲ ‪ ‬ގެ ކުރިފުޅުމަތިން ތިމަން ހުރަސްކުރީމެވެ‪.‬‬ ‫އަދި ތިމަންގެ އިޒާރު އޭރު ހުރީ (ތަނބިކަށިން ތިރިއަށް) ސޮހިފައެވެ‪ .‬އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ‪.‬‬ ‫“އޭ ޢަބްދުﷲ އެވެ! ތިބާގެ އިޒާރު އުފުލާށެވެ‪.‬‬

‫” ދެން ތިމަންގެ އިޒާރު އުފުލީމެވެ‪ .‬ދެންވެސް އެކަލޭގެފާނު‬

‫ޙަދީޘްކުރެއްވިއެވެ‪“ .‬އަދިވެސް އުފުލާށެވެ ‪ ”.‬ދެންއަނެއްކާ ތިމަންގެ އިޒާރު އެއަށްވުރެ މައްޗަށް އުފުލީމެވެ‪.‬‬ ‫އޭގެފަހުން ތިމަންގެ އިޒާރު ރަނގަޅަށް ބަލަހައްޓަމެވެ‪ .‬ބައެއްމީހުން އަހައެވެ‪.‬‬

‫“އިޒާރު ބަހައްޓަންވީ ކިހާ‬

‫ހިސާބަކަށްތޯއެވެ؟ ” ދެން ވިދާޅުވެއެވެ‪“ .‬ދެފައިގެ ކުޑަކަޅުވާމަސްގަނޑުގެ މެދަށެވެ‪” .‬‬ ‫ފާފަ ލިބޭނީ ބޮޑާކަމުން އިސްބާލް ކުރާ މީހާއަށް ކަމަށް ބުނާ މީހުންގެ ދެވަނަ ޢުޛުރަކީ އިސްބާލް ނުކުރުމަށް‬ ‫ރަސޫލު ﷲ ‪ ‬އެންގެވީ އެޒަމާނުގައި މަގުތައް ރަނގަޅަށް ހެދިފައިނުވުމާއިއެކު ގެރިބަކަރީގެ ނަޖިހާއި އަދި‬ ‫އެނޫންވެސް އެހެން ނަޖިސްތަކެތި ހިނގާފައި ދާއިރު ފޭރާމުގައި ހޭކޭނެތީއެވެ‪ .‬މިޢުޛުރު ދައްކާ މީހުންނަށް ރަސޫލު‬ ‫ﷲ ‪ ‬ގެ ސުންނަތުގައި އެކަލޭގެފާނު ދޫކުރައްވާފައިވާ ރައްދަކީ އަންނަނިވި ޙަދީޘްއެވެ‪.‬‬

‫إبٔ عُس زض‪ ٞ‬اهلل عٓ٘ قاٍ ‪ :‬قاٍ زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ ‪ َٔ“ :‬جسّ ث‪ٛ‬ب٘ َِْٔ اخل‪ٝ‬الء مل ‪ٜٓ‬ظس اهلل إي‪ ٘ٝ‬قايت أّّ ضًُ‪ٜ ١‬ا زض‪ ٍٛ‬اهلل‬ ‫فه‪ٝ‬ف تصٓع ايٓطاء بر‪ٜٛ‬هلّٔ قاٍ تسخ‪ ٘ٓٝ‬غربا قايت إذا تٓهػف أقداَّٗٔ قاٍ تسخ‪ ٘ٓٝ‬ذزاعا ال تصدٕ عً‪”٘ٝ‬‬

‫‪16‬‬

‫މާނަ‪ -:‬އިބްނު ޢުމަރު ‪ ‬ވިދާޅުވިއެވެ‪ .‬ރަސޫލު ﷲ ‪ ‬ޙަދީޘް ކުރެއްވިއެވެ‪“ .‬ބޮޑާކަމާއެކީ އެމީހެއްގެ އިޒާރު‬ ‫ބިންމަތީގައި ދަމަމުން ހިނގާ މީހާއަށް މާތް ﷲ ބައްލަވާވޮޑިނުގަންނަވާނެއެވެ ‪ ”.‬އެހިނދު‬ ‫އެއްސެވިއެވެ‪.‬‬

‫“އޭ ﷲގެ ރަސޫލާ އެވެ! އެހެންވީރު އަންހެނުން އެކަނބަލުންގެ ފަސްބަޔަށް ހަދަންވީ‬

‫ކިހިނަކުންތޯއެވެ؟” އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ‪.‬‬

‫“އެއަށް ކައިވަތެއްގެ މިންވަރު އިތުރުކުރާށެވެ ‪ ”.‬ދެންވެސް‬

‫އެކަމަނާ ދެންނެވިއެވެ‪“ .‬އެވަރުން އެކަނބަލުންގެ ފައިތައް ފެންނަކަމުގައިވާނަމަ ތޯއެވެ‬

‫؟” އެކަލޭގެފާނު ޙަދީޘް‬

‫ކުރެއްވިއެވެ‪“ .‬އެއަށް މުށެއްގެ މިންވަރު އިތުރުކުރާށެވެ‪ .‬ތިޔަ ކަނބަލުން އެއަށްވުރެ ދިގު ނުކުރާހުށިކަމެވެ‪”.‬‬ ‫މިޙަދީޘްގައި މިވަނީ އަންހެނުން ބޭރަށް ނިކުންނައިރު ފިރިހެނުންނާ ޚިލާފަށް އެކަނބަލުންގެ ފޭރާން މުށެއްގެ‬ ‫މިންވަރަށް ދިގުކުރުމަށް އަންގަވާފައެވެ‪ .‬އެހެންވީރު ‪ ،‬ސުވާލަކީ އެކަނބަލުންގެ ފޭރާން އިސްބާލް ކޮށްގެން ބޭރަށް‬ ‫ނިކުންނައިރު އެބުނާ ގެރިބަކަރީގެ ނަޖިހުގައި އުނގުޅޭނެކަން ރަސޫލު ﷲ‬

‫‪ ‬އަށް އެނގަވަޑައި‬

‫ނުގަންނަވަނީބާވައެވެ؟ އެއްގޮތަކަށްވެސް އެހެނެއްނޫނެވެ‪ .‬އިސްބާލް ކުރުން ނަހީ ކުރެވިފައިވަނީ ގެރިބަކަރީގެ‬ ‫ނަޖިހުގައި އުނގުޅޭތީއެއް ނޫނެވެ‪ .‬އެކަން މަނާ ކުރެވިފައިވަނީ ކިބުރުވެރިކަމާއި ދެއްކުންތެރިކަމުގެ ޢަމަލަކަށް‬ ‫އެކަން ވާތީއެވެ‪.‬‬

‫‪ 15‬ز‪ٚ‬ا‪َ ٙ‬طًِ زقِ ‪ 2086‬نتاب ايهبائس يًرٖيب ‪132- 131‬‬ ‫‪ 16‬ايٓطائ‪ : ٞ‬نتاب ايص‪ : ١ٜٓ‬باب ذ‪ ٍٜٛ‬ايّٓطاء‬

‫‪ .7‬މައިން ބަފައިން ނުވަތަ ވެރީން ނުރުހޭތީ ފައިކުރި ދޫކޮށްލާފައި ބެހެއްޓިދާނެ ހެއްޔެވެ؟‬ ‫މިހާހިސާބުން ބުނެލަންބޭނުންވާ ވާހަކައަކީ މައިން ބަފައިން ނުރުހޭތީ ނުވަތަ ވަޒީފާ ގެއްލިދާނެތީ ވެރިމީހާ‬ ‫ރުއްސުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން މީހެއް ރުއްސުމައްޓަކައި އިސްބާލް ކުރުމާއި އަދި އެހެން ފާފަތައް‬ ‫ކުރާ މީހުންނަށް ‪ ،‬ނުވަތަ ދީނީ ޙުކުންތައް ބަދަލު ކުރާ މީހުންނަށް ރަސޫލު ﷲ‬

‫‪ ‬ވަރަށް ވަރުގަދަ ޥަޢީދުގެ‬

‫ބަސްފުޅުތައް ޙަދީޘްފުޅު ކުރައްވާފައިވާ ކަމެވެ‪ .‬އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ‪.‬‬

‫“ال طاع‪ ١‬يف َعص‪ ١ٝ‬اهلل إمنا ايطاع‪ ١‬يف املعس‪ٚ‬ف”‬

‫‪17‬‬

‫މާނަ‪" -:‬ﷲ އަށް އުރެދުމެއްވާ ކަމެއްގައި (އެއްވެސް ފަރާތަކަށް) ކިޔަމަންވުމެއް ނެތެވެ‪ .‬ހަމަކަށަވަރުން‬ ‫ކިޔަމަންތެރިކަން އަދާކުރުންވަނީ ހެޔޮކަންކަމުގައެވެ"‪.‬‬ ‫އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ‪.‬‬

‫زض‪ ٍٛ‬اهلل صً‪ ٢‬اهلل عً‪ٚ ٘ٝ‬ضًِ قاٍ‪ َٔ “ :‬ايتُظ زض‪ ٢‬اهلل بطدط ايٓاع نفا‪ ٙ‬اهلل َئ‪ ١ْٛ‬ايٓاع ‪ َٔٚ ،‬ايتُظ زض‪ ٢‬ايٓاع بطدط‬ ‫اهلل ‪ٚ‬نً٘ اهلل إىل ايٓاع”‬ ‫މާނަ‪ -:‬ރަސޫލު ﷲ‬

‫‪18‬‬

‫‪ ‬ޙަދީޘް ކުރެއްވިއެވެ‪.‬‬

‫“ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި މީސްތަކުންގެ ނުރުހުން‬

‫ލިބިގަންނަ މީހާއަށް ﷲ ފުއްދަވައިދެއްވާނެއެވެ‪ .‬އަދި މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ﷲ ގެ ނުރުހުން‬ ‫ލިބިގަންނަ މީހާގެ ކަންތައްތައް މީސްތަކުންނާ ﷲ ހަވާލުކުރައްވައެވެ ‪”.‬‬ ‫ނިންމާލުމުގެ ކުރިން މިތާނގައި ޢުމަރު ‪ ‬މަރުއެނދުމަތީގައި ވަނިކޮށް އިސްބާލް ކޮށްގެން ހުރި ޒުވާނަކު ތައުޒިޔާ‬ ‫ދަންނަވަން އައުމުން އޭނާއަށް ދެއްވި ނަޞޭޙަތް ޛިކްރުކޮށްލާނަމެވެ‪ .‬އެކަލޭގެފާނު ވިދާޅުވިއެވެ‪" .‬އޭ ޒުވާނާއެވެ!‬ ‫ތިބާގެ އިޒާރު އުފުލާށެވެ! އޭރުން ތިބާގެ ފޭރާން ގިނަދުވަހަށް ހުންނާނެއެވެ‪ .‬އަދި ތިބާގެ ހައްދަވައި ގެންގުޅުއްވާ‬ ‫އިލާހަށް ކިޔަމަންތެރިކަންވެސް އަދާކުރެވޭނެއެވެ ‪ ".‬ޢުމަރު ‪ ‬އެހާލުކޮޅުގައި ވީހިނދުވެސް އިޒާރު އުފުއްލެވުމަށް‬ ‫އެޒުވާނާއަށް އެނގެވުމުން އިސްބާލް ކުރުމުގެ ނުރައްކާތެރިކަން ހާމަވެއެވެ‪.‬‬ ‫ކޮންމެއަކަސް ނިންނާމަލުން ދަންނަވަން އޮތީ އިސްބާލު ކުރުމަކީ ޙަރާމް ކަމެކެވެ‪ .‬އޭގެ އިދިކޮޅަކީ ޥާޖިބު ކަމެކެވެ‪.‬‬ ‫ސުންނަތެއް ކަމެއް ނޫނެވެ‪ .‬ވީމާ ‪ ،‬ޢާލަމްތަކުގެ ވެރި އިލާހުއާއި‪ ،‬އެކަލާނގެ ކޯފާވެގެންވާ ޙާލުގައި ބައްދަލުވުމަށް‬ ‫ނޭދޭމީހާ އިސްބާލު ކުރުމާއި އަދި އެނޫންވެސް އެހެން ފާފަތަކުން ދުރުހެލިވުން ހުއްޓެވެ‪.‬‬

‫وصلى اهلل على حممد وآله وصحبه أمجعني‪ .‬واحلمد هلل رب العاملني‪.‬‬ ‫‪www.dheenee-news.com‬‬ ‫‪[email protected]‬‬

‫މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ ‪) 2008( 1429 - ) 2007( 1428 © .‬‬

‫‪ 17‬ز‪ٚ‬ا‪ ٙ‬ايٓطائ‪ٚ ٞ‬أب‪ ٛ‬دا‪ٚٚ‬د ‪ٚ‬صخخ٘ األيباْ‪ ٞ‬يف صخ‪ٝ‬ح ضٓٔ ايٓطائ‪ ٞ‬زقِ (‪ٚ ) 3921‬ايطًطً‪ ١‬ايصخ‪ٝ‬خ‪) 181( ١‬‬ ‫‪ 18‬ز‪ٚ‬ا‪ ٙ‬ايرتَر‪ ٟ‬يف نتاب ايصٖد زقِ (‪) 2338‬‬

Related Documents

Isbaal
May 2020 5